Privacy Policy Cookie Policy Terms and Conditions ދިވެހިރާއްޖެ - Wikipedia

ދިވެހިރާއްޖެ

ވިކިޕީޑިއާ އިން

ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ
Republic of Maldives
(ދިދަ) (ނިޝާން)
ޤައުމީ މޮޓޯ: n/a
image:LocationMaldives.png
ޤައުމީ ބަސް ދިވެހި
ވެރި ރަށް އަދި އެންމެ ބޮޑު ޝަހަރު މާލެ
ރައީސް MAUMOON ABDUL QAYYUM
އަކަމިން
 - ޖުމްލަ
 - % ފެން
185ވަނަ ފަށް
298 ކމ²
އާބާދީ
 - ޖުމްލަ (އަހަރު)
 - އަކަބުރަ
166 ވަނަ ފަށް
349,106 (2005 އަންދާސީ.)
1,171/ކމ²
ފައިސާ ރުފިޔާ
ވަގުތު ޒޯން ބއގ +5
މިނިވަން ދުވަސް 26 ޖުލައި 1965
ޤައުމީ ސަލާމް ޤައުމީ މިއެކުވެރިކަން މަތީ ތިބެގެން ކުރީމެ ސަލާމް
އިންޓަނެޓް ކޯޑު .mv
ފޯން ކޯޑު 960

ދިވެހިރާއްޖެއަކީ، ހިންދު ކަނޑު ގެ ތެރޭ ގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮތް ޤައުމެކެވެ. ދިވެހިރާއްޖޭ ގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު ކަމުގައި ވިޔަސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ބައްސަވާލައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ، 298 ކިލޯމީޓަރެވެ. އެއީ، 115 ކިލޯމޭލެވެ. ދިވެހިރާއްޖޭގެ ރަށްތަކަކީ އާއްމުގޮތެއްގައި ވަރަށް ތިރި އެހާމެ ކުދިރަށްރަށެވެ. އެންމެ ބޮޑުރަށްތައް ކަމުގައި ބެލެވިފައިވާ، ހައްދުއްމަތީ ގަމާއި އައްޑުއަތޮޅު ހިތަދުއާއި ފުވައްމުލަކާއި އައްޑުއަތޮޅު ހުޅުމީދޫ ވެސް 5 މޭލަކަށް ވުރެ ބޮޑެއް ނުވާނެއެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ދިވެހިރާއްޖޭ ގެ އުފެދުން

ޖިއޮލޮގިކަލް ގޮތުން ދިވެހިރާއްޖޭ ގެ އަތޮޅުތަކާއި ރަށްތަކާއި ފަރުތައް އުފެދިފައިވާ ގޮތާއި އެ ތަންތަނުގެ ހަގުދޮށިކަން އެންމެ ފުރިހަމަ ގޮތުގައި ހޯދި ބެލިފައިވާ ކަމެއް އެނގިފައެއް ނެތެވެ. މިކަމަށް ދިރާސާއެއް ފުރަތަމަ ކުރެއްވި ކަމަށް ވަނީ ރޮބަރޓްސް މޮރެސްބީއެވެ. އެއީ 1834 މ. އިން 1836 މ. އަށެވެ. އެއީ ރާއްޖޭގެ ކަނޑުތައް ސަރވޭކޮށް ޗާޓުކުރެހުމަށް އޭނާ އުޅުނު ދުވަސްވަރުއެވެ. އޭގެ ފަހުން ޖޭ.އިސްޓެންލީ ގަރޑިނަރ އެވެ. އެއީ 1899 މ. ވަނަ އަހަރުގައެވެ. އޭގެ ފަހުން 1902 މ. ވަނަ އަހަރު އުސްތާޒު އޭ. އެގަޒީސް އެވެ. މީގެ ފަހުންވެސް ބައެއް ހޯދުންތެރިން ކޮންމެ ވެސް ވަރެއްގެ ހޯދުންތަކެއް ހޯދާފައިވެއެވެ. މި ހޯދުންތަކުގެ ތެރޭގައި މިސުރުގެ އަލްމަބާޙިޘްގެ ޓީމު ގެ މަސައްކަތާއި ޔުނެސްކޯ ގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ގޮތުން ހިންދު ކަނޑު ސާވޭ ކުރަން ފެށިފައިވާ މަސައްކަތް ހިމެނެއެވެ. އެ ސާވޭ ފުރިހަމަ ވާއިރު ދިވެހިރާއްޖެ އާ ބެހޭ ވަރަށް ގިނަ ހޯދުންތައް ހޯދި ފުރިހަމަ ވެފައި ވާނެ ކަމަށް ފެނެއެވެ.

ރާއްޖޭގެ އަތޮޅު ތަކާއި ރަށްތައް އުފެދިފައިވާ ގޮތާ މެދު މަހާއިލްމުވެރިއެއް ކަމަށްވާ ޑަރވިން ނަޒަރިއްޔާ ތަކެއް ފައުލޫކޮށްފައިވެއެވެ. އެކަމާ މެދު ޖިއޮލޮގިސްޓުންނާއި އިލްމުދާނުންގެ މެދުގައި ތަފާތު ހިޔާލުތައް އުފެދިފައިވެއެވެ. އެބައެއްގެ ނަޒަރުގައި އަތޮޅުތަކާއި ރަށްތައް އުފެދިފައި އޮތީ ވަރަށް ކުރީ ޒަމާނެއްގައި ހިންދު ކަނޑު އޮތް ބޮޑު އަތޮޅަކަށް މެދުވެރިވި ޖިއޮލޮޖިކަލް ހާދިސާ އަކަށް ފަހު ދެން އައި ޒަމާނެއްގައި އެ އަތޮޅު ގިރެމުން ގޮސް އަތޮޅުގެ ބައެއް ތަންތަން ކަނޑުގެ ސަތުހުން އަޑިއަށް ގެނބިފައިވަނިކޮށް އެ އަތޮޅުގެ ބެޑްރޮކުގައި އަލުން މުރަކަ ހެދި ދިރެމުން ބޮޑުވަމުން އައިސް އެކިއެކި ސިފައިގެ ގިރި ފަޅުތައް މައްޗަށް އުފުލި އެ ތަންތާގައި ރަށްތައް އުފެދި އަތޮޅުތަކަށް ވީއެވެ.

އަނެއް ބައެއްގެ ނަޒަރުގައި ކަނޑުގެ އަޑީގެ ބެޑްރޮކް ގިނިފަރުބަދީ ހަރަކާތްތަކަކުން އުފުލި ކަނޑުގެ ސަތުހުން މައްޗަށް އެރި ތަންތާގައާއި ދެ ފެންދޭތެރެއަށް އުފުލުނު ތަންތަނުގައި މުރަކަ ފަދަ ތަކެތި އުފެދި ދިރެމުން އައިސް ފަރު (ރިންގް) އުފެދި އެ ފަރުތަކުގެ ދުނީގައާއި ރިންގު ތަކުގެ އެތެރޭ ބައިގާ (އަތޮޅުތެރެ) ރަށްރަށް އުފެދި އަތޮޅުތައް އުފެދޭ ގޮތް ވީއެވެ.

ތިންވަނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އައިސްއޭޖުގައި ކަނޑުގެ ލޮނުގަނޑު މާބޮޑަށް ފިނިގަނޑުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ލެވެލް ތިރިވެގެން ދިޔަދިއުމުގައި ކުރީގައި އުފެދިފައި ހުރި ފަރުތަކުގެ މުރަކަތައް މަރުވެ ރާޅާއި ވައިގެ ހަރަކާތުން ގިރިގެން ގޮސް ސިފަ ގެއްލިފައި ވަނިކޮށް ކަނޑުގެ ލޮނުގަނޑު އަލުން ހޫނު ވަމުން އައިސް އެތަންތާގައި އަލުން މުރަކައިގެ ވައްތަރުތައް ހެދި ދިރެމުން ގޮސް އަތޮޅުތަކާއި ރަށްތައް އުފެދުނީ އެވެ.

[އުނިއިތުރު ގެންނަވާ] މޫސުން

ކަނޑާއި ރަށްތައް އޮންނަލެއް ކައިރި ކަމުން އާންމު ގޮތެއްގައި ރާއްޖޭގެ ވައިގެ ތެތްކަން ހުންނަނީ ވަރަށް މަތީގައެވެ. މީގެ ސަބަބުން މުޅި އަހަރު ތެރޭގައިވެސް ފިނިހޫނު މިނަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ދިވެހިރާއްޖޭގެ އެވަރެޖު ފިނިހޫނުމިނަކީ ގާތްގަނޑަކަށް °30 ސެލްސިއަސްގައެވެ. އެންމެ ގިނައިން ވާރޭވެހޭކަމަށް ފާހަގަ ކުރެވިފައިވަނީ ޖޫން މަހާއި ނޮވެމްބަރުމަހާ ދެމެދުގައެވެ.

[އުނިއިތުރު ގެންނަވާ] މީހުން

ދިވެހިރާއްޖޭގެ އާބާދީ ކަމުގައި 2003 ވަނަ އަހަރު ރެކޯރޑް ކުރެވިފައިވަނީ 329684 މީހުންނެވެ. އެވަރެޖު ގޮތެއްގައި އަކަ ކިލޯމީޓަރަކަށް ޖެހޭ މީހުންގެ އަދަދު ނުވަތަ އާބާދީގެ އަކަބުރަ އަކީ ގާތްގަނޑަކަށް 1106 މީހުންނެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު ރަށަކީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ ފުރަމާލެއެވެ. 1999 ވަނަ އަހަރު މާލޭގެ އާބާދީ ކަމުގައި ބެލެވިފައިވަނީ 72000 މީހުންނެވެ. މާލޭގެ އިތުރުން އެންމެ އާބާދީ ބޮޑު ހިސާބުތަކަކީ ސުވައިދީބާއި (ދެކުނުގެ ހަތަރުއަތޮޅު ނުވަތަ ބޮޑުދެކުނާއި) ބޮޑުތިލަދުންމައްޗެވެ. ދިވެހިންގެ ނަސްލަކީ މަސްހުނި ނަސްލެކެވެ. ދިވެހިންގެ ނަސްލު ބިނާވެފައިވަނީ އިންޑިޔާ ދަރިކޮޅާއި އަރަބި ދަރިކޮޅާއި އެފްރިކާ ދަރިކޮޅާއި މެލޭދަރިކޮޅުގެ މައްޗަށެވެ. މަދުމަދުން ޔޫރަޕުގެ ނަސްލާއި މަސްހުނިވެފައިވާ މީހުންވެސް މިރާއްޖެއިން ފެނެއެވެ.

[އުނިއިތުރު ގެންނަވާ] ދީން

ދިވެހިރާއްޖޭގެ އާބާދީގެ ގިނަ މީހުންނަކީ ސުއްނީ މުސްލިމުންނެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

[އުނިއިތުރު ގެންނަވާ] އިސްލާންވުން

ދިވެހިރާއްޖެ އާއި ހަމަޔަށް އިސްލާން ދީން ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާން ވި ދުވަހުގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާން ދީނަށް ވެދެވަޑައިގަތް ދުވަހެވެ. އެ ދުވަހުގެ ގޮތުގައި ބެލެވިފައިވަނީ 2 ރަބީޢުލް އާޚިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރުދުވަހެވެ. ދިވެހިރާއްޖެ އިސްލާން ކުރެއްވި ބޭފުޅަކާމެދު ތާރީޚު ލިޔުއްވާ ބޭފުޅުންގެ މެދުގައި ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުގެ ބޭފުޅެއް ކަމުގައިވާ މައުލާނަލް ޙާފިޡް އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އަދި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ފުރަމާލޭ މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ ޔޫސުފުލް ބަރުބަރީއެވެ. މުޙައްމަދު އަމީން މި ގޮތަށް ވިދާޅުވަނީ މައުރިބު ގެ ދަތުރުވެރިއެއް ކަމުގައިވާ އިބުނި ބަޠޫޠާ ގެ ދަތުރުނާމާ ގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ. މިދަތުރުނާމާއާ ބެހޭ ގޮތުން އިބުނި ބަޠޫޠާގެ ދަރިވަރު އިބުނި ޖަޒީ އިއުތިރާފު ވާ ފަދައިން އިބުނި ބަޠޫޠާ ގެ ދަތުރުގެ ވާހަކަ ލިޔެވުނީ، އެ ދަތުރުތައް ކޮށް ނިމުނުތާ އެތައް ދުވަހެއް ފަހުން، މައިގަނޑަކަށް އޭނާގެ ހަނދާނުގެ މައްޗަށް ބުރަ ކުރައްވައިގެންނެވެ. ދިވެހި ތާރީޚު ޢިލްމުގެ ބައްޕަ ކަމުގައި ބެލެވޭ އަލްޤާޟީ ޙަސަން ތާޖުދީނު، އޭނާގެ ތާރީޚުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވި ކަމަށް ލިޔުއްވާފައި ވަނީ މައުލާނައް ޝައިޚް ޔޫސުފް ޝަމްސުއްދީނު އައްތަބްރޭޒީއެވެ. ޙަސަން ތާޖުއްދީނުގެ މި ބަހުގެ ބިންގަލަކީ ހުކުރު މިސްކިތު މިހުރާބުގޭ ބިތުގައި ލިޔެވިފައިވާ ލިޔުމާއި ހުކުރު މިސްކިތުގައި ބެހެއްޓިފައި ހުރި ތާރީޚީ ފިލައެވެ. އަދި ހަމަ އެހެންމެ މައްޝޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ބުރަވެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުލާނަލް ޙާފިޡް ޔޫސުފު އައްތަބްރޭޒީ ނަމަކަށް ކިއިގެންވާ ފާރިސް ކަރައިގެ ބޭފުޅެކެވެ. ކޮންމެ އަކަސް އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިން ދުށުމުގެ ކުރީގައި ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ތަބްރޭޒީގެފާނުގެ އަހަރުމަތިފުޅު ފާހަގަ ކުރުން އޮތެވެ. އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިންނަށް ލިބޭ ގޮތް ވުމުން އިބުނި ބަޠޫޠާ އަކީ އަރަބިންގެ މީހަކަށް ވާތީ އޭނާ ގެ ވާހަކަ ޒަމާނުއްސުރެ އެންމެހައި ދިވެހިން ތަވާތުރުގެ މަގުން ރިވާ ކުރަމުން އައި ވާހަކަ އަށް ވުރެ އިބުނި ބަޠޫޠާގެ ވާހަކަ އަށް އިސްކަމެއް ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެއިރު ތިއްބެވި އިސްވެރީންނަށް ފެނުނީއެވެ. ބަހަވީ ހަމައަކުން ވިސްނާއިރު ދިވެހިރާއްޖެ އިސްލާން ކުރެއްވީ އަރަބި އަސްލަށް ނިސްބަތްވާ އަރަތްބެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުގެ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވަނީ ހަމަ އެ މައުރިބުގެ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ބޯދާ ތާރީޚު އިލްމުވެރީން ވިދާޅުވަމުން އައީ އެއީ ފާރިސްކަރައިގެ ބޭފުޅެއް ކަމުގައެވެ. މައުރިބަކީ އަރަބި ގައުމެކެވެ. ފާރިސްކަރައަކީ އަރަބި ގައުމެއް ނޫނެވެ. އަރަބި ގައުމެއްގެ މީހަކު ދިވެހިރާއްޖެ އިސްލާން ކުރެއްވި ނަމަ ދިވެހިބަހުގައި ހުރި ދީނީ އިސްތިލާހުގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ އިސްތިލާހުތައް ހުރީހީ އަރަބި ބަހުން ކަން ކަށަވަރެވެ. އެހެން ނަމަވެސް އެކަން ވެފައިވަނީ އެހެންނެއް ނޫނެވެ. ބައްލަވާށެވެ! ނަމާދަށް ފާރިސީ ބަހުން ނަމާޛް ކިޔާއިރު އަރަބި ބަހުން ކިޔަނީ ޞަލާތެވެ. ބަންގިއަށް ފާރިސީ ބަހުން ބަންގ ކިޔާއިރު އަރަބި ބަހުން ކިޔަނީ އަޛާން އެވެ. ރޯދައަށް ފާރިސީ ބަހުން ރޯޛާ ކިޔާ އިރު އަރަބި ބަހުން ކިޔަނީ ޞައުމްއެވެ. މިހުރިހާ ކަމަކުން ވެސް ސާބިތުވަނީ ދިވެހިރާއްޖެ އިސްލާން ކުރެއްވީ ފާރިސްކަރައަށް ނިސްބަތްވާ ބޭފުޅެއް ކަމެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

[އުނިއިތުރު ގެންނަވާ] މަސްވެރިކަން

ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށެވެ. 1999 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ބާނާފައިވަނީ 133547 މެޓްރިކް ޓަނެވެ. މަހުގެ ތެރެއިން އެންމެ އަގު ބޮޑު ވައްތަރަކީ ކަޅުބިލަމަހެވެ. މުރަކަތަކާއި ބޮލިތައް ވެސް ނެގެއެވެ. ދިވެހިރާއްޖޭގެ މައިގަނޑު ޤުދުރަތީ ވަޞީލަތަކީ ވަށައިގެންވާ ކަނޑުން ލިބޭ ކަނޑުރޯއްޖެވެ.

[އުނިއިތުރު ގެންނަވާ] ސިނާޢަތު

ކާރުޚާނާތަކުގެ މަސައްކަތް މަޙްދޫދުކުރެވިފައިވަނީ ހެދުމާއި މަސްވެރިކަމުގެ މައްޗަށެވެ.

[އުނިއިތުރު ގެންނަވާ] ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ދާއިރާދަނީ ތަރައްޤީވަމުންނެވެ. 2001 ވަނަ އަހަރު ދިވެހިރާއްޖެއަށް 461000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގަައި އާންމުންނަށް ހިއްޞާ ވިއްކާގޮތަށް އުފެއްދި ފުރަތަމަ ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ރަޖިސްޓްރީ ކޮށްފައިވަނީ 9 އެޕްރީލް 2006 ގައެވެ. ކުންފުނީގެ ފުރަތަމަ ޗެއަރމަން އަކީ އަލްފާޟިލް ޙުސައިން ޢަފީފް، މ. ޗަމްޕާ ސްޓަރ އެވެ. މެނެޖިންގ ޑިރެކްޓަރަކީ އަލްފާޟިލް މުޙައްމަދު ޞާލިޙް، މ. ޝުއާޒް އެވެ. ކުންފުނީގެ ސެކެޓްރީއަކީ އަލްއުސްތާޛް އިސްމާޢީލް ޔާސިރު، ހ. ގޯބިލިގެއެވެ.

ކެޕިޓަލްގެ ގޮތުގައި ސަތޭކަމިލިޔަން ދިވެހިރުފިޔާ ހޯދުމަށްޓަކަައި ހިއްސާވިއްކުމަށް ކުންފުނީގެ ބޯޑުން 3 ޖޫން 2006 ގައި ފާސްކޮށް، 15 ޖޫން 2006 ގެ ތާރީޚުގައި ހިއްޞާގެ ބަޔާނެއް ނެރެފައިވެއެވެ. ކުންފުނިން ވިއްކަން ހަމަޖެއްސީ 100 ރުފިޔާގެ 1،000،000 ހިއްސާއެވެ. ހިއްސާއަށް އެދޭފަރާތްތަކުގެ ލިސްޓް ހުޅުވާލީ 2 ޖުލައި 2006 ގެ ހެދުނު 10:00 ގައެވެ. އާންމުފަރުދުންނަށް ގަނެވޭގޮތަށް ވިއްކި ހިއްސާ ވިއްކީ އެއްފަރާތަކަށް ގިނަވެގެން 100 ހިއްސާއަށްވުރެ އިތުރަށް ނުގަނެވޭ ގޮތަށެވެ.

===ދަނޑުވެރިކަން=== ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި ހެދެނީ، ދިވެހިރުކާއި، ބަނބުކޭލާއި، ހިރުނދާއި، ކާންޏާއި ފުނައިގެ އިތުރުން މިދިއްޔާއި ނިކައެވެ. ދަނޑުވެރިކަމަށް ރަނގަޅުކަމުގައި ބޮޑަށް ފާހަގަ ކުރެވިފައިވަނީ އަތޮޅު އުފެދިފައި އޮންނަ ގޮތުން އަތޮޅުގެ އިރުމަތީބިތުގައި ހުންނަރަށްރަށެވެ. އެންމެ މައިގަނޑު ދަނޑުވެރިކަމުގެ ބާވަތަކީ ކާއްޓެވެ. ކާބޯތަކެތީގެ ތެރެއިން ގިނަ ބާވަތްތައް ޖެހެނީ ބޭރު ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާށެވެ.


ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (ސާކް)

މެންބަރު ގައުމުތައް: އައްފާނިސްތާން | ބަންގާޅު | ބޫޓާން | ހިންދުސްތާން | ދިވެހިރާއްޖެ | ނޭޕާލް | ޕާކިސްތާން | ސިރީ ލަންކާ

އޮބްޒާވަރުން: ސީނު ކަރަ | ޖަޕާން

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu